
ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން ދިޔަ ދެގެއެއް ބަލައި ފާސްކޮށް 21 މީހުން ބަންދުކޮށްފިއެވެ.
ފުލުހުން އިއްޔެ މި އޮޕަރޭޝަން ހިނގާފައިވަނީ އިއްޔެއެވެ. އެ އޮޕަރޭޝަނުގައި ބަލައިފައި ފާސްކޮށްފައިވަނީ އެވަރެސްޓްއާގެއާއި، ޏަމްޏަމް ގެއެވެ.
އެވަރެސްޓް އާގެ ބަލާފަސްކޮށް އެގެންއިން ވަނީ ދިވެހި ދެ އަންހެނަކާއި، 8 ފިރިހެނަކާއި ބަނގްލަދޭޝް ފުރިހެނެއް ބަންދުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޏަމްޏަމްގެ ބަލައި ފާސްކުރިއިރު އެގެއިންވަނީ ދިވެހި އަންހެނަކާއި 9 ދިވެހި ފިރިހެނުން ބަންދުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ދެގެއަކީ ވެސް ކެފޭ އުސޫލުން މަތުވާތަކެތީގެ ފިޔަފާރި ކުރަމުންދިޔަ ދެގެއެވެ. މީގެ ކުރިން ފުލުހުންވަނީ ލޮނުމިދިލިގެ ބަލައި ފާސްކޮށް އެގެއިން މަސްތުވާތަކެއްޗާއެކު ބަޔަކު މީހުން ބަންދުކޮށްފައެވެ.
އިއްޔެގެ އޮޕަރޭޝަނުގައި އެ ދެގެ ބަލައި ފާސްކޮށް ބަންދުކުރި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައެވެ. އެ ދެގެއިންވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަތައް ފުލުހުންގެންދަވަނީ ތަގުގީގު ކުރައްވަމުންނެވެ.