
ހުޅުމާލެ ފިއުލް ސަޕްލައިއިން އިސްލާމިކު ބޭންކަށް ޖަމާ ކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެއް މިއަދު ފޭރިގެންފިއެވެ.
ފުލުހުން ވިދާޅުވީ މިފައިސާ ފޭރިގެންފައިވަނީ ދެ މީހަކު އައިސް އެ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް މޫވް ސްޕްރޭ ޖެހުމަށްފަހު ކަމަށެވެ. އެމީހާގެ އަތުން ފައިސާ ފޭރިގެންފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެމީހާ އަތުން ފޭރިގެންފައިވަނީ ކިހާ ޢަދަދެއްގެ ފައިސާއެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ. ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު 11:47 އެހައިކަންއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަމުގެ ތުހުމަތުގައި އަދި މީހަކު ބަންދެއް ނުކުރެއެވެ.