
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަގައި ކަނޑުގަދަވުމާ ގުޅިގެން ނ. ހޮޅުދުއަށް އުދައަރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެރަށަށް އުދައަރަމުންދަނީ އެރަށު އިރުމަތިފަރާތުގައި ޖަހާފައިވާ ތޮށިގަނޑު މަތީން ކަމަށެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެރަށު ގެތަކުގެ ތެރެއިން ލޮނުވަދެދާނެހެންހީވާ ގެތަކުގައި ވެލި ބަސްތާ ޖަހައިދީފައެވެ.
އޭގެ އިތުރުން ވިއްސާރަވެ ބޯކޮށް ވާރޭވެހުމާ ގުޅިގެން ބ. ތުޅާދޫގެ ބައެއްގޭގެއަށްވެސް ވަނީ ފެންވަދެފައެވެ. ފެންވަނަ ނުދިނުމަށްޓަކައި ފުލުހުންވަނީ ވެލިބަސްތާ ޖަހައިދީފައެވެ. މީގެ އިތުރަށް މާލެއަށް ވެސް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން ސިފައިން ގެންދަވަނީ ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުންނެވެ.