
މާލޭގައި މިހާރު އިމާރާތް ކުރަމުންދާ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް ނުނިމި ލަސްވަމުންދާ މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށްޓަވައިފިއެވެ.
އެމިނިސްޓްރީން ވިދާޅުވީ އެމައްސަލަތައް ޙައްލު ކުރުމަށްޓަކައި ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން މިސްކިތް އިމާރާތްކުރާ ފަރާތްތަކާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.
މާލޭގައި މިހާރު އިމާރާތް ކުރަމުންދާ މިސްތަކުގެތެރެއިން، މާފަންނު އާމިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތްވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ އެމިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތެވެ.
މާވެޔޮމިސްކިތުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. މި މިސައްކަތްތަކުގެ ތެރޭގައި ގްލާސް ޕެނަލްތައް ހަރުކުރުމާއި ކަރަންޓް ސްވިޗްތަކާއި ސެޓްތައް ހަރުކުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ކުލަލައި ނުނިމި ހުރި ތަންތަނުގައި ކުލަލުމާއި، ކާޕެޓް އެޅުމާއި ކެލިގްރަފީގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވިއެވެ.