ހައްޖާޖީންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ހެނދުނު 10:28 ގައި ރާއްޖެ އައި މި ގްރޫޕުގައި ރާއްޖެ އައިސްފައިވަނީ 175 ހައްޖާޖީންނެވެ.

ރާއްޖެއިން މިއަހަރު 453 ޙައްޖުވެރިން ޙައްޖަށް ދިޔައިރު، އޭގެ ތެރެއިން ފުރަތަމަ ގްރޫޕު ރާއްޖެއައިސްފަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފްލައިޓުން 157 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ހައްޖާޖީންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސައި އިތުރު މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފޮޓޯ: ހައްޖު ކޯޕަރޭޝަން

އެމްޓީސީސީގެ ފަރާތުން ޙައްޖާޖީން ބަލާ އެއަރޕޯޓަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ހަމަޖައްސާފައިވެއެވެ. އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އަމިއްލައަށެވެ.

މިއަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް ރާއްޖެއަންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފްލައިޓުން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.