އަތޮޅުތަކުގައި "އަލިވާރު" ގެ ނަމުގައި ޕްރޮގްރާމެއް ފަށަނީ

އަތޮޅުތަކަށް ޚާއްސަކޮށްގެން އަލިވާރުގެ ނަމުގައި މަޢޫލޫމާތު ދިނުމުގެ ޕްރޮގްރާމެއް މީރާއިން ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

މީރާއިން ވިދާޅުވީ މި ޕްރޮގްރާމް ފަށާނީ ޖޫން 22 ވަނަ ދުވަހު ކަމަށެވެ. މިއީ ޓެކްސް ދައްކާ ފަރާތްތަކާއި ޢާއްމުން ޓެކުހުގެ ނިޒާމަށް އިތުރަށް ހޭލުންތެރިކޮށް، ޓެކްސް ނިޒާމުގައި ލިބެންހުރި ފަސޭހަތަކާއި ލުއިތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީރާގެ ޓީމުތައް އަތޮޅުތަކަށް ޒިޔާރާތް ކުރުމުން ޓީމުތަކާ ގުޅިގެން ޓެކުހާ ބެހޭ މަޢުލޫމާތު އޮޅުން ފިލުވައި ޓެކުހާގުޅޭ ކަންކަމުގައި އެހީތެރިކަން ހޯދުމަށް މީރާއިން އެދިވަޑައިގަންނަވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.