މީރާއަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިދިޔަމަހު މީރާއަށް އާމްދަނީގެ ގޮތުގައި 1.15 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެތަނުން ބުނެފިއެވެ.

މިއީ ފައިބޭ އަހަރު މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17.7 އިންސައްތަ އިތުރު ޢަދަދެއް ކަމަށް މީރާއިން ބުންޏެވެ. މިއީ މިއަހަރުގެ މި މުދައްތުގައި ލިބޭނެ ކަމަށް އަންދާޒާކުރި ޢަދަދަށްވުރެ 33.5 އިންސައްތަ އިތުރު ޢަދަދެއް ކަމަށް ވެސް މީރާއިން ބުންޏެވެ.

ކުރީ އަހަރުގެ ނޮވެމްބަރު މަހުގެ އާމްދަނީއަށްވުރެ މިއަހަރުގެ ނޮވެމްބަރުގެ އާމްދަނީ އިތުރުވީ ޓީޖިއެސްޓީއާއި އެއާޕޯޓު ސާވިސް ޗާޖާއިމ ގްރީސް ޓެކްސްއާއި ލީސް ޕީރިއަޑު އެކްސްޓެންޝަންގެ ފީ ގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުންނެވެ.

ހުސްވި ނޮވެމްބަރުގެ ޖުމްލަ އާމްދަނީން އެންމެބޮޑު ބައެއް ޙިއްސާކުރަނީ ޖީއެސްޓީއެވެ.

ޖީއެސްޓީގެ ގޮތުގައި 651.68 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 153.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީސް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 73.15 މިލިއަން ރުފިޔާއެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 60.17 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 59.73 މިލިއަން ރުފިޔާ ކަމަށްވެސް މީރާއިން ވިދާޅުވިއެވެ.  އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވަނީ 142.40 މިލިއަން ޑޮލަރު ކަމަށް ވެސް މީރާއިން ވިދާޅުވިއެވެ.

ނޮވެމްބަރު މަހު މިރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 51.6 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.