މީރާއިން 17 ފަރާތަކަށް ރަންލާރި އެވޯޑު ދީފި

ޓެކްސް އަދި ޓެކުހަށް ނުވާ ފައިސާގެ ގޮތުގައި ކޮންމެ އަހަރަކުވެސް މީރާއަށް އެންމެ ގިނަ ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުންގެންދާ "ރަން ލާރި އެވޯޑު" މިއަހަރު  17 ފަރާތަކަށް ދީފިއެވެ.

މި އެވޯޑު ދީފައިވަނީ މީރާގެ އަހަރީ ދުވަހު ބޭއްވި ޚާއްސަ ޖަލްސާގައެވެ. ބިޒްނަސް ޕްރޮފިޓް ގިންތީން މި އެވޯޑޫ ހާސިލް ކުރައްވައިފައިވަނީ އުރީދޫ މޯލްޑީވްސް ޕަބްލިކް ކޮމްޕެނީއާއި، ޓްރާންސް މޯލްޑިވިއަން އެއާވޭސްއާއި، މޯލްޑިވްސް އިންފުލައިޓް ކޭޓަރިންނެވެ.

ޓުއަރިޒަމްގެ ދާއިރާގެ ޓެކްސް ގިންތީން މި އެވޯޑު ހާސިލް ކޮށްފައިވަނީ ވަން އެންޑް އޮންލީ ރީތިރަށާއި، ފޯޒީސަން ރިސޯޓު މޯލްޑިވްސް، ޝެވަލް ބްލަންކް ރަންދެލި، ކްރައުން ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޓްރާންސް މޯލްޑިވިއަން އެއާވެސް ޕްރައިވެޓް ލިމިޓެޑް، ހުޅުލޭ އައިލެންޑް ހޮޓެލް، ފޯސީޒަން އެކްސްޕްލޯރަރ އަދި އޯޝަން ގްރޭންޑުންނެވެ.

ޓުއަރިޒަމް ދާއިރާ ނޫން ދާއިރާގެ ގިންތީން މިއެވޯޑު ހާސިލް ކޮށްފައިވަނީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، ޑީބުލޫ ޕްރައިވެޓް ލިމިޓެޑް، އަދި ކޮޕިއާ ޕްލަސް ޕްރައިވެޓް ލިމިޓެޑެވެ.

މީގެ އިތުރަށް ވިތުހޯލްޑިން ޓެކްސްގެ ގިންތީން އެވޯޑު ހާސިލް ކޮށްފައިވަނީ ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑެވެ. ބޭންކް ޕްރޮފިޓް ޓެކްސްގެ ގިންތީން އެވޯޑު ހާސިލްކުރީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސްގެ ގިންތީން އެވޯޑު ހާސިލްކުރީ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އިންނެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މީރާއިން ދެއްވާ އެވޯޑެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.