ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައ ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި އެރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
އެރަށުގައި ފެންބޮޑުވެފައިވާ މަގުތުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން މިހާރުދަނީ ކުރަމުން ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.
އެރަށަށް ވާރޭވެހެން ފަށައިފައިވަނީ މިއަދު ހެނދުނުއެވެ. ވާރޭވެހި ފެންބޮޑުވުމުގެ ޙާދިސާގައި އެއްވެސް ގެއަކަށް ނުވަތަ މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހި ރާއްޖޭގެ ގިނަރަށްރަށަށް އެކިވަރުގެ ގެއްލުންވުމަކީ ފަހަކަށް އައިސް އާޢްމުވެފައިވާ ކަމެކެވެ.