
ލިލީ ބީޗު ރިސޯޓު އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ފަތުރުވެރިއަކު މިއަދު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އޭނާ މަރުވެފައިވަނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން ކަމަށެވެ. އެމަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:15 ގައި ކަމަށެވެ.
ފުލުހުން ވިދާޅުވީ ޢުމުރުން 74 އަހަރުގެ އެމީހާ ގެނބުމުން ވަނީ އދ. މަހިބަދުއަށް ގެންސްގޮފައި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެމީހާ އެރަށު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ޕޮލިސް މީޑިއާއިން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން ގެނބިގެން މަރުވުމުގެ ހާދީސާ ދޭތެރެދޭތެރެއިން ރާއްޖޭގައި ދަނީ ހިނގަމުންނެވެ.