
މާލޭގައި މިއަދު ހިނގި މާރާމާރީއެއްގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މި ޙަމަލާދީފައިވަނީ މ. މާޔާކްލިނިކް ކައިރީގައި ކަމަށެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު 1:18 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިނގާފައިވަނީ ދެ ބިދޭސީއެއްގެ މެދުގައެވެ.
މާރާމާރީގައި އެތަނުން އެކަކު އަނެކަކުގެ ގަޔަށް ވަޅިޖެހީ ކަމަށާއި އަނިޔާ ލިބުނު މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލައިގެ އިތުރު މަޢުލޫމާތު ލިބުމުން ޙިއްސާ ކުރައްވާނެ ކަމަށެވެ.