މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލާދީފި

މިއަދު ހަވީރު 4:15 އެހައިކަންހާއިރު މާލޭ ސިޓީ ޝަހީދު ޢަލީ ގޯޅިގަނޑުގައި ހިނގި މާރާމާރީއެއް ހުއްޓުވަންދިޔަ ފުލުހުންނަށް މާރާމާރީގައި ބައިވެރިވި މީހަކު ޙަމަލާދީފިއެވެ. މި ހަމަލާގައި ފުލުހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާވި ކަމެއް އެނގިފައެއް ނުވެއެވެ.

ފުލުހުންވަނީ މާރާމާރީގައި ބައިވެރިވި ތިން މީހުން ބަންދުކޮށްފައެވެ. މާރާމާރީގައި ބަންދު ކޮށްފައިވަނީ 22 އަހަރުގެ ދެ ފިރިހެނަކާއި، 18 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންވެސް ވަނީ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައި ކަމަށް  ފުލުހުން ތުހުމަތު ކުރެއެވެ.

މާރާމާރީގައި އެތަނުން އެކަކަށްވަނީ އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފައެވެ. އޭނާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

 ފުލުހުން ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.