
ޢުމުރުން 13 އަހަރުގެ އަންހެއް ކުއްޖަކު ބަނޑުބޮޑުވި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިއަދު ވިދާޅުވީ އެމައްސަލަ ބަލުންދަނީ ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ބަނޑުބޮޑުވެފައިވަނީ ކޯޓުން ބޭރުގައި އޭނާއާ ކައިވެނިކޮށްގެން އުޅޭ ފިރިހެނަކަށެވެ. އެމީހާއަކީ ބުރާސްފަތި ދުވަހުގެރޭ ދޯންޏެއްގައި ހިނގި މަރާމާރީއެއްގައި ޒަޚަމްކޮށް ކަނޑަށް އެއްލާލި ހައްމާދެވެ.
މިކަމާ ބެހޭ ގޮތުން ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވަނީ 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކައިވެރިކޮށްގެން އުޅޭ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ބެހޭ އިތުރު މަޢުލޫމާތެއް މިނިސްޓްރީން ވެސް ފުލުހުން ވެސް ނުދެއްވައެވެ.