
މިއަހަރުގެ ފަހު ޓާމު ކިޔެވުން ނިންމާލައި ސްކޫލް ތަކުގައި މިއަދު ދަރިވަރުންނަށް ރިޕޯޓު ފޮތް ދިނުމާއެކު އަހަރީ ބޮޑު ޗުއްޓީ ދަރިވަރުން ދާނެއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ފަހު ޓާމަށް ފަހު މިއަދު ވަނީ ރިޕޯޓު ފޮތް ދޭން ފަށާފައެވެ. އެގޮތުން މިއަދު އެކި ގަޑިތަކަށް ބަހާލައިގެން ސްކޫލް ތަކުން އަންނަނީ ދަރިވަރުންނަށް ރިޕޯޓު ފޮތް ދެމުންނެވެ. 2019 ވަނަ އަހަރުގެ ކިޔެވުމަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށްވެސް މިއަދުން ފެށިގެން ބޮޑު ޗުއްޓީ ލިބޭނެއެވެ.
ދަރިވަރުންނަށް މިއަދު ލިބޭ ބޮޑު ޗުއްޓީއަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފެށިގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހުއެވެ.
2019 ވަނަ އަހަރުގެ ކިޔެވުން ފެށިގެން ދިޔައިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމެއްގެ ގޮތުގައި ފެނިގެން ދިޔައީ ހެނދުނު "ނާސްތާ" ޕްރޮގްރާމެވެ. މިއަހަރުވެސް އެޑިޔުކޭޝަން މިނިސްޓްރީންނާއި، ސްކޫލް ތަކުންވެސް ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތައް ހިންގާފައިވެއެވެ.