އީރާނުގެ މުޒާހަރާތަކުގައި 106 މީހުން މަރުވެއްޖެ

އީރާނުގެ މުޒާހަރާތަކުގައި ބަހެއް އަންދާލާފައި

ފާއިތުވި ހަފުތާގައި އީރާނު ސަރުކާރުން ޕެޓްރޯލްގެ އަގު ބޮޑުކުރުމުން  އެކަމާ ދެކޮޅަށް އެގައުމުގެ އެކި ރަށްރަށުގައި ފެށި އިހުތިާޖުތައް ބޮޮޑެތި މުޒާހަރާތަކަކަށް ބަދަލުވެ، 21 ރަށެއްގައި 106 މީހުން މަރުވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.

"މި ޖަމްއިއްޔާއިން ގަބޫލުކުރާ ގޮތުގައި ހަގީގީ އަދަދު މިއަށްވުރެ މާ މަތިވެދާނެ. އެއީ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައި ބެނެފައި ވާތީ." "އިތުބާރުކުރެވޭ ރިޕޯޓުތަކާ ހަވާލާދީ އެމްނެސްޓީން ނެރެފައިވާ ބަޔާނުގައި ވެއެވެ.

އާދީއްތަ ދުވަހު ފެށުނު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު އީރާނު ސަރުކާރުން ހާމަކޮށްފައި ވާއިރު، އެމްނެސްޓީގެ ބަޔާނާ ބެހޭގޮތުން އެގައުމުން އެއްވެސް އެއްޗެއް އަދި ބުނެފައި ނުވެއެެވެ.

މުޒާހަރާކުރި މީހުން ގަޔަށް ބަޑި ޖަހާފައިވާތީއާއި، އެކަމުގެ ސަބަބުން ގައުމުގެ ކަންކޮޅުތަކުގައި "ފާހަގަކޮށްލެވޭ އަަދަދަަކަށް މީހުން މަރުވެފައި ވާތީ" އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ތަފާތު އަށް ޕްރޮވިންސެއްގައި ކުރިއަށް ދިޔަ އިހުތިޖާޖުތަކުގައި އެތައް ޑަޒަން ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ބެލެވޭ އިރު، މުޒާހަރާ ކުރި މީހުންގެ 1000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައި." ޖެނީވާގައި ނޫސްވެރިންނާ ބައްދަލުކުރަމުން އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ރުޕަޓް ކޮލްވިލް ވިދާޅުވިއެވެ.

"ސުލްހަވެރި އެއްވުންތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމުން އެއްކިބާވުމަށް އީރާނުގެ މަސްއޫލުވެރިންނަށާއި، ސަލާމަތީ ބާރުތަކަށް އަހަރުމެން ގޮވާލަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

މުޒާހަރާކޮށް، ގައުމުގައި ހަމަނުޖެހުން އުފައްދާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަަމަށް ރިވޮލިއުޝަނަރީ ގާޑްސްއިން އިންޒާރު ދީފައިވާއިރު، ހަރުުކަށި މަސްްުއޫލުވެރިން ވަނީ މުޒާހަރާކުރާ މީހުން ދަން ޖައްސައި މަރުގެ އަދަބު ދިނުމަށް ގޮވައިލާފައެވެ.

އީރާނު ސަރުކާރުން ޕެޓްރޯލުގެ އަގު ބޮޑުކުރީ އެެމެރިކާއިން އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ކުރަމުންދާ އަސަރު ކުޑަކުރުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.