
ޑައިވިން ކުރަން އުޅުމުގެ ތެރޭގައި ޑީކޯވި ދެ ދިވެހީން މިރޭ މާލެ ގެންދަން ނިންމައި އެމަސައްކަތް ކުރަމުދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ މާލެ ގެންދަނީ ޢުމަރުން 27 އަހަރުގެ ދިވެއްސަކާއި 39 އަހަރުގެ ދިއްވެއްސެއް ކަމަށެވެ.
މީހާރު އެމީހުންނަށް ފަރުވާދެމުން ގެންދަނީ ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.
އެމީހުން މާލެ ގެންދަނީ އިތުރު ފަރުވާ ދިނުމަށެވެ. މާލެ ގެންދަނީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައެވެ.
ޢާޒިމް ވިދާޅުވީ ބަލިމީހުން ގޮވައިގެންދާ ހެލިކޮޕްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމަށް ބެލެވެނީ މިރޭ މެންދަމު 3:00 އެހައިކަންހާއިރު ކަމަށެވެ.