
ވެންޒާ ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑުން ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ދެވަނަ ބުރިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ޢިމާރާތުން ވެއްޓިފައިވަނީ ބަނގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. ޢުމުރުން 40 އަހަރުގެ އެމީހާގެ މޭގެ ގިނަކަށިތަކާއި ކަނާތު ކޮނޑުމަތީގެ ކަށިތައް ވަނީ ބިނދިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް މިހާރު ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:35 އެހައިކަންހާރު ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން މިހާދިސާ ހިނގާފައިވަނީ ސޭފްޓީ ބެލްޓު ނާޅައި އިމާރާތުގެ ސޭފްޓީ ނެޓު އުސްކުރުމުގެ މަސައްކަތުގައި އޭނާ އުޅެނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.