
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގެ ތަޙްޤީޤް ނިންމައި ރިޕޯޓް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން، ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އެކޮމިޝަނުން ނެރުނު ބަޔާނެގައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރ ފުރަތަމަ ދުވަހުގެ ރޭ ޑރ އަފްރާޝިމް އަވަހާރަކޮށްލައިފައި ވަނީ ގެއިން ބޭރުގައު އުޅުއްވުމަށްފަހު އެރޭ ދަންވަރު 12:09 ހާއިރު އޭނާ ދިރިއުޅުއްވާ ގެ. ހ. ފުންވިލަށް ވަޑައިގަތް ވަގުތު އެގޭ ސިޑިކައިރިން ބަޔަކު އޭނާއަށް ވަޅިން ހަމަލާދީ ވަރަށް އަނިޔާވެރިކޮށްކަމަށެވެ. އެހެންކަމުން އެކަން ރޭވިމީހުންނާއި އެކަން އެބަޔަކު ކުރަންބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ޚަރަދު ކުރި ފަރާތްތައް ހޯދުމަށް އެކޮމިޝަން
އުފައްދަވައި އެކޮމެޝިނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފައި ވާކަމަށެވެ.
ޑރ އަފްރާޝީމް އަވަހާރަކޮށްލިތާ ހަތް އަހަރުވެފައި ވާއިރު އެމައްސަލަ ހިނގާ ދިޔަގޮތާއި އެކަމުގެ އަޑީގައި ތިބި މީހުން ވަނީ ނުހޯދިއެވެ. ޑރ އަފްރާޝީމަށް އިންސާފު ހޯއްދަވައި ދެއްވުމަކީ ރައީސުލްޖުމްހޫރިޔާގެ ވަޢުދު ފުޅެކެވެ.