އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖީލިހަށް ފޮނުވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުޙައްމަދު ޝަނޫން ވިދާޅުވީ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ފޮނުއްވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

މާލިއްޔަތު ޤާނޫނުގައި ބުނެފައިވަނީ ކުރިއަށް އޮންނަ އަހަރު ފެށުމުގެ ލަސް ވެގެން ދެ މަސްކުރިން އެއަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވަންވާނެ ކަމަށެވެ.

ޝަނޫން ވިދާޅުވީ ބެޖެޓާބެހޭ އިތުރު ތަފްސީލް އަދި ދެވެންނެތް ކަމަށެވެ. އަންނަ ހަފްތާގައި މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހަޅައި ބަހުސްކުރާނެ ކަމަށެވެ. ބަހުސް މަރުހަލާގައި ބަޖެޓުގެ ތަފްސީލް އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިހިނގާ  2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.