ވަޒީފާގެ ޙައްގުތަކާ ބެހޭ ފޯރަމެއް ފަށައިފި

ވަޒީފާގެ ޙައްގުތަކާ ބެހޭ ފޯރަމެއް ހިޔުމަން ރައިޓުސް ކޮމިޝަނުން މިއަދު ފަށައިފިއެވެ.

މިއީ ވަޒީފާ އަދާކުރާ މީހުންނާއި، ވަޒީފާދޭ މީހުންނާއި މޮނިޓަރުންނަށް ޚާއްސަކޮށްގެން ފެށި ފޯރަމެކެވެ. ފޯރަމް ކުރިއަށް ދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮންފަރެންސް ހޯލުގައެވެ.

ފޯރަމް ފަށްޓަވައި ދެއްވީ ހިޔުމަންރައިޓްސް ކޮމިޝަންގެ ނާއިބު ރައީސް މުޙައްމަދު ޒާހިދެވެ. މި ފޯރަމް ނިމޭނީ މިއަދު ހަވީރު 4:45 ގައެވެ.

މި ފޯރަމުގައި ވަޒީއާދަކުރުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހެންތަކާއި އެކަންކަމަށް ހުރި ޙައްލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ވަޒީފާދޭ ފަރާތްތަކަށް ހުރި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރާނެއެވެ. މި ފޯރަމުގައި ޖުމްލަ 28 ކުންފުނިން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.