އިރާގުގައި މުޒާހަރާތައް ކުރިއަށް ދާއިރު، ބަޣުދާދުގެ ގްރީން ޒޯންގައި ހުންނަ އެމެރިކާ އެންބަސީ ކައިރިއަށް ރޮކެޓު ހަމަލާއެއް

އިރާގު ސިފައިން ވަނީ ބަޣުދާދުގެ ގްރީންޒޯނަށް ދެވޭ ބުރިޖު ބަންދުކޮށްފައި

އިރާގުގެ ވެރިރަށް ބަޣުދާދާއި ބައެއް އެހެން ރަށްރަށުގައި ކާފިއު ހިންގާފައި ވީނަމަވެސް، މުޒާހަރާތައް މައިތިރިނުވެ ކުރިއަށްދާއިރު، ބަޣުދާދުގެ ގްރީން ޒޯނަށް ރޭ ވަނީ ރޮކެޓަކުން ހަމަލާދީފައެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ކަޓްޔޫޝާ ރޮކެޓަކުން ދިން މިހަމަލާ އަރާފައި ވަނީ، ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައި އޮންނަ ގްރީން ޒޯންގައި ހުންނަ އެމެރިކާ އެންބަސީ ކައިރީގައި ހުރި ޗެކް ޕޮއިންޓަކަށެވެ. މިހަމަލާގެ ސަބަބުން ސިފަންގެ އެކަކު މަރުވެ އެކަކު ޒަޚަމްވެފައި ވެއެވެ. އިތުރު ރޮކެޓެއްވެސް ފޮނުވާލި ކަމަށާ، އެ ރޮކެޓު ނުގޮވާކަމަށްވެސް ޚަބަރު ލިބެއެވެ.

ބަޣުދާދުގެ އުތުރުން 85 ކިލޯމީޓަރު ދުރުގައި އޮންނަ އައްތާޖީ އަސްކަރީ މަރުކަޒަށްވެސް މީގެ ދެ ދުވަސް ކުރިން ރޮކެޓު ހަމަލާ ދީފައި ވެއެވެ. އެ މަރުކަޒުގައި އިރާގު ސިފައިންނަށް ތަމްރީނު ދިނުމަށް އެމެރިކާގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސް ހަރަކާތްތެރި ވެއެވެ. މި ހަމަލާއާ ގުޅިގެން އިރާގު

މިފަދަ ހަމަލާތަކުގައި ގިނަފަހަރަށް ތުހުމަތުގެ އިނގިލި ދިއްކުރެވެނީ އިރާގުގައި ހަރަކާތްތެރިވާ އިރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށެވެ. މިފަދަ ޖަމާއަތްތަކުން ވަނީ އިރާގުގައި ހުރި އެމެރިކާގެ ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ކުރިންވެސް ދީފައެވެ.

ދެވަނަ ބުރަކަށް އިރާގުގައި މުޒާހަރާތައް ފެށުނު ފަހުން ހަފުތާއެއް ވާން ކައިރިވެފައި ވާއިރު، ފާއިތުވި ހަ ދުވަހުގެ ތެރޭގައި މުޒާހަރާތަކުގައި 100 މީހުން މަރުވެ 5500 މީހުން ޒަޚަމްވެފައިވާކަމަށް އިރާގެގެ ހިއުމަން ރައިޓްސް ކުމިޝަނުން ވަނީ ބުނެފައެވެ. މުޒާހަރާކުރާ މީހުން މިހާރު ގޮވަމުން ދަނީ ބޮޑުވަޒީރު ޢާދުލު ޢަބްދުލްމަހްދީގެ ސަރުކާރު އިސްތިއުފާދިނުމަށެވެ. އެހެންނަމަވެސް، ބޮޑުވަޒީރު ޢަބްދުލްމަހްދީ އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.