ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ 100 ދުވަހުގެ ވައުދުތަކުގެ ދަށުން 15 ޑިސެމްބަރ 2018 ގައި ފެށި މުޅި ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމުގެ ދަށުން މާލޭ ބޮޑުތަކުރުފާނު މަގުގައި އިންދާފައިވާ ގަސްތައް މަރުވަމުންދާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިންދާފައިވާ ގަސްތައް މަރުވަމުންދަނީ ބައެއް މީހުންގެ ޢަމަލު ބަހައްޓާ ގޮތުން ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
"މިގޮތުން މި ގަސްތައް ހެލުވުމާއި، ގަސްގަހުގައި ބަރު ތަކެތި ލައްގާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ޚާއްސަ ގޮތެއްގައި ލޯންޗު ފަހަރުން ބަދަލުކުރާ އަޑީ ތެޔޮ މި ގަސްގަހުގެ ބުޑަށް އަޅާކަން ހިތާމައާއެކު ފާހަގަކުރަމެވެ. މިގޮތުން ގަސްތައް ކައިރީގައި ކަޅު ތެޔޮ ފުޅިތަކާއި ހަންތައް ބަހައްޓާ އެ ތަކެތި ބިމަށް ފޭދިގެންދާގޮތަށް މަތި ނަގާފައި ހުންނަކަންވެސް ފާހަގަކުރެވެއެވެ." ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މިފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ. "މިފަދަ ކަންކަމުގައި ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ފަރުދީ ޒިންމާ އަދާކޮށް، ރާއްޖޭގެ ފެހިކަން ދަމަހައްޓަން މަސައްކަތްކުރުމަށް ދަންނަވަމެވެ." މިނިސްޓްރީން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
Hama islam dheen gaboolu kura meehunba mikahala kan kan mi kuranee