ފުލުހަކަށް މަރުގެ އިންޒާރުދިން ތިން މީހަކު ބަންދުކޮށްފި

ފުލުހަކަށް މަރުގެ އިންޒާރުދިން ތިން ދިއްވެއްސަކު މިއަދު ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމީހުން ފުލުހުންގެ ބެލުގެ ދަށަށް ގެނެސްފައިވަނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ. އެމީހުން ބަންދުކުރީ ފުވައްމުލަކު ސިޓީންނެވެ.

މިމައްސަލާގައި ބަންދުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހެކެވެ. އެމީހުން ބަންދު ކުރުމަށްފަހު ފުލުހުންވަނީ އެމީހުންގެ ތަހުގީގު ފަށައިފައެވެ.

މީހުންނަށް މަރުގެ އިންޒާރު ދިނުންވެސް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އެފަދަ އިންޒާރުދޭ ފަރާތްތަކާ މެދު ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އަދަބު ލިބޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.