ހަމަނުޖެހުމަށް ގޮވާލާ ސިޔާސީ ޙަރަކާތްތަކުގައި ސިވިލް ސާރވަންޓުން ބައިވެރިނުވުމަށް ބާރުއަޅައިދީ: ރައީސް ނަޝީދު

ފޮޓޯ: ރައޔިތުންގެ މަޖިލިސް

ހަމަނުޖެހުމަށް ގޮވާލާ ސިޔާސީ ޙަރަކާތާތަކުގެ ސިވިލްސާރވަންޓް ބައިވެރިނުވުމަށް ބާރުއަޅައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިވިލް ސަރވިސްގެ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައި އެދި ވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ. ނަމަވެސް އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ސިވިލް ސާވިސް މުވައްޒަފުންނަށް ފުރިހަމަ އަށް ލިބިދޭކަން މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދޭ، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤާއި އެނޫންވެސް އެފަދަ ފުރުޞަތު ތަކާމެދު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމަތައް ޒިންމާދާރުވެރިންނާއި އޮފީސްތަކުގެ ވެރިންނަށް ހިންގަވައިދެއްވުމަށް ވެސް ސިވިލްސާރވިސް ކޮމިޝަންގެ މެމްބަރުންގެ އަރިއަހުން، ރައީސް ނަޝީދު އެދިވަޑައިގެނެވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު މިފަދަ މަޝްވަރާތަކެއް ކުރައްވާފައި މިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމައަށް ފުރައްސާރަކޮށްފައިވާ މައްސަލައިގައި އެ ޖަމިއްޔާ އުވާލަން ގޮވާލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަތާތައް ކުރަމުންގެންދާ ދަނޑިވަޅެއްގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.