ލައްގައިގެން އުޅެނީ ލައިޓުހައުސްއެއްގެ ބައެއް: ފުލުހުން

ށ. ކޮމަންޑޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގައްލާދޫ ފަރަށް ލައްގައިފައިވަނީ ލައިޓުހައުސްއެއްގެ ބައެއް މިހާތަނަށް ބެލެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އޭގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ބައެއް މީހުން ބުނެފައިވަނީ އެއީ ނުރައްކާތެރި ހަތިޔާރަކަށް ވެދާނެ ކަމަށެވެ. އަދި މިސައިލެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ ލައިޓްހައުސްއެއްގެ ބައެއް ކަމަށް ބެލެވޭ އެ އެތީގެ ދިގުމިނުގައި 50 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ މަޢުލޫމާތު އެމްއެންޑީއެފްއާ ވެސް ޙިއްސާ ކޮށްފައިވާނެ ކަމަށް ފުލުހުންވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.