ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މައްސަލަ އާދީއްތަ ދުވަހު ހުޅުވާލައިގެން ބާއްވަނީ

ސްޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ މައްސަލަ ހުޅުވާލައިގެން ބާއްވަން ނިންމައިފިއެވެ.

ޖޫޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގެ އަޑުއެހުން ހުޅުވާލައިގެން ބާއްވަން ނިންމެވީ ފަނޑިޔާރު އާދަމް މުޙައްމަދު އެކަމަށް އެދިވަޑައިގެންނެވުމުމުންނެވެ. މިމައްސަލައިގެ އަޑު އެހުން އޮންނާނީ އަންން އާދީއްތަ ދުވަހު މެންދުރު 2:00 ގަ އެވެ. އަޑުއެހުން އޮންނާނީ ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަންގައެވެ. މިތަންހުންނަނީ ޕޯސްޓް ބިލްޑިންގްގެ ހަ ވަނަ ފަންގި ފިލާގައެވެ. މިމައްސަލައިގެ އަޑު އެހުމަށް ޖާގަ އޮތް ވަރަކަށް އާއްމުންނާއި މީޑިއާވެސް ވެސްދުމަށް ވަނީ ނިންމައިފައެވެ.

ފަނޑިޔާރު އާދަމް މުޙައްމަދާ ބެހޭގޮތުން ބައްލަވަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމަކުރައްވައިފައެއް ނުވެއެވެ. ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މެދު އެހެން މައްސަލައެއްގައި ސުލޫކީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމައިފަ އެވެ. އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ވެސް ސުލޫކީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމައިފައެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ، ސުލޫކީ މައްސަލައެއް ވެސް ވަނީ ކުރިން ހުޅުވާލައިގެން ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުޤީޤަށްފަހު، ރައްޔިތުންގެ މަޖިލީހުން ވަނީ އޭނާ މަޤާމުން ވަކިކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.