
ރާއްޖޭ ސްކޫލްތަކަށް ރޯވިން ބީޗު ސްޕްރިންޓް ތަޢާރަފް ކުރުމަށް ބާއްވާ ފުރަތަމަ މުބާރާތް އޮކްޓޯބަރ 31 އިން ނޮވެމްބަރ 1 އަށް އައްޑޫ ސިޓީ ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުގައި އޮންނާނެއެވެ.
"އިންޓަރ ސްކޫލް ރޯވިން ބީޗު ސްޕްރިންޓް 2019" ގެ ނަމުގައި ބާއްވާ މުބާރާތުގައި އައްޑޫސިޓިގެ 4 ސްކޫލަކުން 70 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ފޭދޫ ސްކޫލް، އައްޑޫ ހައިސްކޫލް، ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލެވެ.
މުބާރަތަށް ތައްޔާރުވުމުގެ ގޮތުން މި ސްކޫލްތަކުންދަނީ ތައްޔާރުވަމުންނެވެ. މި މުބާރާތް ސްޕޮންސަރ ކޮށްދެއްވައިފައިވަނީ އެސްޓީއޯ، މިފްކޯ، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ އެވެ.