ސިޔާސީ ރޮނގުން ކުރިއަށްދާނީ ޕީޕީއެމްއާއެކު ރައީސް ޔާމީން އަރިހުގައި: ޑރ. ޝަހީމް

އަޅުގަނޑަކީ މުސްލިމު ދިވެހި ރައްޔިތަކީމެވެ. ރިޔާސީ އިންތިޚާބަށް ފަހު، އަޅުގަނޑު ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އޯއައިސީގައި އަދާ ކުރައްވަމުން ގެންދަވާ ވަޒީފާގެ މުއްދަތު ޑިސެމްބަރު މަހު ހަމަވުމުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެނބުރި ވަޑައިގެން ސިޔާސީ ގޮތުން މަސައްކަތް ކުރައްވާނީ ރައިސް ޔާމީންގެ އަރިހު ޕީޕީއެމްގައި ކަމަށް އޭނާގެ ފޭސްބުކު ޕޭޖުގައި ވިދާޅުވެފައިވެއެވެ. " ސިޔާސީ ގޮތުން މަސައްކަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައިވަނީ ޕީޕީއެމްއާއެކުގެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ ރައީސް ޔާމީން އަރިހުގައި ޕީޕީއެމްއާއެކީގައެވެ. ރައީސް ޔާމީނާއި ޕީޕީއެމްގެ ވެރިންނާއި ޢާއްމު އެންމެހާ މެމްބަރުން އަޅުގަނޑާ މެދު އަބަދުވެސް ބަހައްޓަވާ ގާތްކަމާ އަޚުވަންތަކަމަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވައި އެކަމުގެ އަގުވަޒަންކުރަމެވެ." އޭނާ ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ އީއައިސީގެ ވަޒީފާއެއްގައި އެއް އަހަރު ހޭދަކުރިއިރު ސަޢުދީ ޢަރަބިޔާގައި ހުންނަވައިގެން  ރާއްޖެއަށް ވަރަށް ގިނަ ޚިދުމަތް ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެކަންކަމުގެ ވާހަކަ ބަޔާންކުރަން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭކަމަށާއި އެކަން ހުއްވައިދިނުމަށް އެދި އެމްޑީޕީގެ ޕީޖީ ލީޑަރު ޢާޒިމް މަޖިލިހުގެ ރައީސަށް ސިޓީއެއް ފޮނުވުމުން އެއަށް ރައްދުދެއްވައި ޝަހީމް ވިދާޅުވީފ ރާއްޖޭގެ ދާޚިލީކަންކަމަށް ބެހިވަޑައިގެންފައި ނުވާނެ ކަމަށެވެ. އޭނާއަކީވެސް ދިވެއްސެއް ކަމަށާއި އަދި މުސްލިމެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އެހެން ކަމުން ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުންފަދަ ކަންކަން ކުރަން ފެށީމައި އެވާހަކަ ދައްކަވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.