
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގެން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙާއި، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ މެދުގައި ބޭއްވި ދެގައުމުގެ ރަސްމީ މަޝްވަރާ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ޖަޕާނަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ ތައިލެންޑަށްވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. ރައީސް ޖަޕާނަށް ފުރާވަޑައިގެންނެވިއިރުވެސް ޝާހިދު ހުންނެވީ ތައިލެންޑުގައެވެ. ޝާހިދު ވަނީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއް ފަހުންވެސް ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ސަރުކާރުގެ ބަޔެއް އެހެން ވަޒީރުންވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސް ސޯލިޙާއި ޝިންޒޯގެ ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ވަފުދުގައި ޝާހިދުގެ އިތުރުންވެސް ޚާރިޖިއްޔާގެ ބަޔެއް އިސްބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޔެއް އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.