
ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވި ޒުވާނަކަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު މާލެ ގެންގޮސްފިއެވެ.
އޭނާ މާލެ ގެންދިޔައީ ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުގައެވެ. ޞިއްޙީ އިތުރު ފަރުވާއަށް އޭނަ މާލެ ގެންދިޔައީ އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މިއަދު މެންދުރު 14:15 އެހައިކަންހާއިރުއެވެ.
އޭނާގެ ޙާލުދެރަވޯ އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެގެންނެވެ. އުމުރުން 23 އަހަރުގެ އެ ޒުވާނާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ލަފާދެއްވުމުންނެވެ. މިހާރު މި މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.
-ޚަބަރާއި ފޮޓޯ އެމްއެންޑީއެފް