އެމްޑީޕީގެ މެމްބަރުންނަށްވުރެ ރަނގަޅަށް އުޅޭ ބަޔަކުނެތް: ރައީސް ނަޝީދު

އެމްޑީޕީގެ މެމްބަރުންނަށްވުރެ ވަކި ރަނގަޅަށް އުޅޭ ބަޔަކު ރާއްޖޭގައިނެތް ކަމަށް އެޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހުގެރޭ އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް ބަޔަކު މީހުން ދައްކާވާހަކައަކީ ޙަޤީޤތެއް ކަމަށް އެއްވެސް މީހަކު ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް ޙާލެއްގައި ލާދީނީ ޕާޓީއެއްކަމަށް ތީގެތެރެއިން އެއްވެސް ބޭފުޅަކު ގަބޫލުކުރައްވައިގެންނުވާނެ. އެއީކީ އަޅުގަނޑުމެނެއްނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެޕާޓީގެ މެމްބަރުންނާ އެއްވަރަށް ނަމާދުކުރާ ބަޔަކުވެސް އަދި ރޯދަހިފާ ބަޔަކުވެސް މިރާއްޖޭގައި ވަކިނުތިބޭނެ ކަމަށެވެ. އެހެންކަމުން ވާދަވެރިން ދައްކާހާ ވާހަކައެއް އަޑުއެހުމުގެ ބަދަލުގައި ޞާލިޙު ރަނގަޅުގޮތުގައި އުޅުނީމައި ނިމުނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނާ އެއްވަރަށް ނަމާދަށްއަރާ ބައެއްވެސް ޒަކާތްދޭ ބައެއްވެސް ރޯދަހިފާ ބައެއްވެސް، ހެޔޮލަފާ ނަސޭހަތްދޭ ބައެއްވެސް، ރަނގަޅަށް އުޅޭބައެއްވެސް އަޅުގަނޑަށް ޔަގީން ކަށަވަރު މިރާއްޖޭގައި ވަކިނޫޅޭނެ. ވާދައަށް އެހެން މީހުން އެމްޑީޕީއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް އެއްގޮތަކަށްވެސް އަޅާލާކަށް ނުޖެހޭ. ޞާލިޙު ރަނގަޅުގޮތުގައި އަޅުގަނޑުމެންގެ ކަންކަން ކުރަމުން ގެންދިޔައިމާ ނިމުނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އެމް. ޑީ. ޕީ ގެ މެމްބަރުންނަށް އިހުތިރާމް ކުޑަވަނީ ޕާޓީ ހިންގާމީހުންގެ ގާބިލުކަން ނެތުމާއި މުޖުތަމައުގެ މިންގަނޑާއި ޚިލާފު އަމަލުތަކުގެ ސަބަބުން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.