
ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ، މިހާރުވެސް އެމަގާމުގައި ހުންނެވި މުޙަންމަދު ނަޝީދަށް ފުރިހަމައަށް ތާއީދު ކުރައްވާކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މިއަދު ހާމަ ކުރައްވައިފިއެވެ.
ޚާރިޖީ ވަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް އެމަނިކުފާނު ތާއީދު ކުރައްވަނީ ރައީސް ނަޝީދަށް ކަމަށެވެ. މިނިސްޓަރު ޝާހިދުގެ އިތުރުންވެސް އެމްޑީޕީ އާއި ސަރުކާރުގެ ބަޔެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ދަނީ އެމްޑީޕީގެ ރައީސް ކަމަށް އެބޭފުޅުންގެ ތާއީދު އޮތީ ރައީސް ނަޝީދަށް ކަމަށް ހާމަކުރައްވަމުންނެވެ. އޭގެތެރޭގައި އެ ޕާޓީގެ ނައިބު ރައީސް ކަމުގައި މިވަގުތު ހުންނެވި ޝިފާޒުވެސް ހިމެނެއެވެ. ޝިފާޒު ވަނީ އިތުރު ދައުރަކަށް އޭނާ އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާނެކަންވެސް އިއުލާނު ކުރައްވާފައެވެ.
އެމްޑީޕީގެ ރައީސް ކަމަށް ނަޝީދަށް ތާއީދު ކުރައްވާކަން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުންވެސް ދަނީ ހާމަ ކުރައްވަމުންނެވެ. އޭގެތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲވެސް ހިމެނެއެވެ. ރައީސް ނަޝީދުގެ އިތުރުން އެހެން ބޭފުޅަކު އަދި ރައީސް ކަމަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައި ނުވެއެވެ.
އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެހެން ބަޔެއް ފަރާތްތަކުންވެސް ސޯޝަލް މީޑިޔާގައި މިހާރުވެސް ދަނީ ނަޝީދަށް ކެމްޕޭން ކުރަމުންނެވެ.
Thee raees kan beynun meeheh noonoa ezzamaanegga kee adu ivunu.ekamaku gadhakamun hurihaa thanegge raeesakah eba gendhey