ބްރޯޑުކޮމްގެ ނާއިބު ރައީސާ ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު އަދި ނާއިބު ރައީސާ ކ. ދިއްފުށި، ހުވަނދުމާގޭ ފާތިމަތު ޒޭނާ އެމަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރައްވައިފިއެވެ. މަޖިލީހުން އެގޮތަށް ފާސްކުރި ހިސާބުން ޒައިނާވަކިވާނެއެވެ. ޒައިނާ ވަކިކުރުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް އެމައްސަލަ ހުށަހެޅައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 56 މެމްބަރުންގެ އަޣުލަބިއްޔަތުން އޭނާވަކި ކުރުމަށްވަނީ ނިންމައިފައެވެ. އޭނާ މަޤާމުން ވަކި ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ޒައިނާގެ އިތުރަށް އެކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވެސް ވަކިކުރަން ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. އެހެންނަމަވެސް އޭގެ އކުރިން އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ. އެހެން ކަމުން އޭނާ މަޤާމުން ވަކިކުރަން މިއަދު ވޯޓަށް ނާހައެވެ.

މި މައްސަލާގައި ބަޙުސް ކުރަމުން ބައެއް މެމްބަރުން ވިދާޅުވީ އެފަދަ މުޢައްސަސާތަކުގައި ތިއްބަވާފައި މަޤާމުން ވަކިކުރަން އުޅުމުން އިސްތިއުފާ ދިނުމަކީ ނިމުމެއް ނޫންކަމަށެވެ. މަޤާމުގައި އެބޭފުޅަކު ހުންނެއިރު ޤާނޫނާ ޚިލާފަށް ކުރައްވާފައިވާ ކަންކަން އިސްތިއުފާ ދެއްވިޔަސް ބައްލަވައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކުރީ 2016 ވަނަ އަހަރު އޭޕްރީލް ފަހެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.