ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޢާމިރު

ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް، ގދ.ފަރެސްމާތޮޑާ، ހުސްނުހީނާގެ މުޙައްމަދު ޢާމިރު އަޙްމަދު ޢައްޔަނު ކުރައްވައިފިއެވެ.

ޤައުމީ އަރުޝީފުގެ ޑިރެޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޢާމިރަކީ ދިވެހިބަހުގެ ބެޗްލާސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާއަކީ މީޑިޔާ އަދި ލިޔުންތެރިކަމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޢާމިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ސަންމީޑިޔާ ގްރޫޕުގެ ޑިރެކްޓަރ އެޑްމިން އެންޑް އެޗްއާރުގެ މަޤާމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.