އޭއައިއެސްގެ ސާނަވީން ހުރިހާ ގޮތަކުން އެންމެމޮޅީ، ރަސަލް ތަސްލީމް

އަޙަމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލު (އޭއައިއެސް) ގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ރޭ ދަރުބާރު ގޭގައި ބޭއްވި ވޭތުވެދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ސާނަވީ އާއި މަތީ ސާނަވީން އޯލޯވެލް އިމްތިޙާނާއި އޭވެލް އިމްތިޙާނުން ރަންވަނަތައް ހޯދި ދަރުވަރުންނަށް ވަނީ އިނާމައި ޓްރޮފީ ދީފައެވެ.

ސާނަވީ މަރުޙަލާއިން. ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް ހޮވުނީ އަޙަމަދު ރަސަލް ތަސްލީމެވެ. މަތީ ސާނަވީން ހުރިހާ ގޮތަކުން އެންމެ މޮޅީ ޙުޞައިން ސާނީ އެވެ. މި ދެދަރިވަރުންނާއި އަދި ދުނިޔޭގައި އެއްވަނައިގައި ހިމެނުނު ދަރިވަރުންނަށްވެ ޝޭޝް އާއި ޓްރޮފީއާއި އިނާމުތައް ޙަވާލު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

އޯލޭވެލް އަދި އޭލެވެލް އިމްތިޙާނުން ރަންވަނަ ތައް ހޯދި ދަރިވަރުންނަށް އިނާމު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މުޙައްމަދާއި ޔުނިވަރސިޓީ، ކޮލެޖްތަކުގެ އިސްވެރިންނެވެ.

އޭލެވެލް އަދި އޯލެވެލްގެ ރަށްވަނަ ތަކުގެ އިތުރުމުން މިދިޔައަހަރު ތަފާތު ޤްރޭޑްތަކުން ވަނަ ހޯދި ދަރުވަރުންނާއި އިތުރު ހަރާކާތާތްކުން ފާހަގަކޮށްލެވުނު ދަރިވަރުންނަށްވެސް ވަނީ އިނާމު ދެއްވައިފައެވެ. މީގެ އިތުރުން ޓީޗަރުންގެ ތެރެއން ފާހަގަކޮށްލެވޭ ޓީޗަރުންވަނީ އިނާމުދީފައެވެ.

އިނާމު ދިނުމުގެ ޖަލްސާ ކުރިއަށް ގެންދެވީ ދަރިވަރުންގެ ތަފާތު މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކާއެކުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.