އާ ސީޕްލޭން ޓާރމިނަލް ދޭނޭ ބައެއް އަދި ކަނޑަނޭޅޭ – ފިނޭންސް މިނިސްޓަރ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާ ސީޕްލޭން ޓާރމިނަލް ދެނޭ ބައެއް އަދި ކަނޑަނޭޅޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރ އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ސީޕްލޭން ޓާރމިނަލް ދޭނެ ބައެއް ކަނޑައެޅުމުގެ މަޝްވަރާތައް މިހާރު ސަރުކާރުގެ ތެރޭގައި ކުރިއަށް ދާކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވިއިރު ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ގައި އަލަށް ހެދި ސީޕްލޭން ޓާރމިނަލް ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ބުނެ، ސީޕްލޭން އޮޕަރޭޓްކުރާ އެހެން ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެފަދަ ކުންފުނިތަކުން ބުނެފައިވަނީ އެންމެ ރަނގަޅު މާލީ މަންފާ ދައުލަތަށް ލިބޭނީ ސީޕްލޭން އޮޕަރޭޓް ކުރާ ވަކި ބަޔަކަށް އާޓާމިނަލް ނުދީ، ސަރުކާރު ކުންފުންޏަކުން ހިންގުމުންކަމަށެވެ.
އާ ސީޕްލޭން ޓާރމިނަލަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި ތަނެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.