
އައްޑޫސިޓީ ފޭދޫގައި އަލަށް ޢިމާރާތްކުރި "މަސްޖިދުލް ކައުޘަސަރު" މިއަދު ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު ޑރ. އަޙުމަދު ޒާހިރު ޢަލީއެވެ.
މިސްކިތް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ މިސްކިތްތައް ބިނާކުރެއްވުމަކީ ﷲގެ ޙަޟުރަތުން މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ލިބޭ ކަމެއް ކަމަށެވެ. މިސްކިތް ބިނާކުރާ މީހުންނަށް ސުވަރުގެއިން ގަނޑުވަރެއް ބިނާކޮށްދެއްވާނެ ކަމަށް ޙަދީސްތަކުން އެނގޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިސްކިތްތަކަކީ ހަމައެކަނި ނަމާދުކުރަން ބޭނުން ކުރުމުގެ ބަދަލުގައި ޤުރުއާން ކުލާސްތައް ހިންގުމާއި ދީނީ ނަޞޭޙަތް ދިނުންފަދަ ކަންކަން ކުރުމަށް ބޭނުންކުރަންޖެހޭ ތަންތަން ކަމަށެވެ.
މި މިސްކިތަކީ ގަމު މީހުން ފޭދުއަށް ބަދަލުކުރި ދުވަސްވަރު އިނގިރޭސީން އަޅައިދިން "ކަޅިބިތް މިސްކިތް" ތަޅާލުމަށްފަހު އެބިމުގައި އެޅި މިސްކިތެކެވެ. އައު މިސްކިތް ބިނާކޮށްދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ހެޕީމާކެޓު ނަޢީމެވެ.