
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.
އެމަނިކުފާނު ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ، އައްޑޫ ސިޓީއަށް ފެއްޓެއްވި ދަތުރުފުޅުގައި ރޭ އިރާކޮޅު ފޭދޫއަށް ވަޑައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިރޭ ހުޅުއްވައި ދެއްވި އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީއާ އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.