އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރާނެ ދީނީ ޖަމްޢިއްޔާއެއް އުފައްދަނީ

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައިދިން ހުއްޓުވުމުގެ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީ ރާއްޖޭގެ ޢިލްމުވެރިންނާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މިކަމާ ގުޅިގެން ޢިލްމުވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ. އަދި އެކަން ހުއްޓުވުމަށް ޤާނޫނީގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ދެއްވިއެވެ. މި ބައްދަލުވުމުގައި ޢިލްމުވެރިންވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މިކަން ޙައްލު ކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވެފައެވެ. އޭގެ އިތުރަށް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރާނެ ދީނީ ޖަމްޢިއްޔާއެއް އުފެއްދުމަށްވެސްވަނީ ނިންމަވައިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މި ބައްދަލުވުން ބާއްވައިފައިވަނީ މިއަދު 12:45 އިން 3:00 އަށް އިސްލާމިކް މިނިސްޓްރީގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.