އާފަތިސް ބަދިގެ: ޗިކެން ޕުލާއޯ

ކުކުޅު ސުރުވާ އަށް ބޭނުންވާނެ ތަކެތި:

½ ކިލޯ ކުކުޅު

2 ފިޔާ، ކިއުބޮކޮށް ކޮށާފައި

½ ސައިސަމުސާ އަސޭމިރުސް ފުއް

½ ސައިސަމުސާ ކޮތަނބިރި ފުއް

½ ސައިސަމުސާ ކަރަންފޫ

6 ތޮޅި މިރުސް، ރަތް

ހަވާދަށް ބޭނުންވާނެ ބަވަތްތައް:

½ ޖޯޑު ބަޓަރު

1 ފިޔާ، ތުނިކޮށް ކޮށާފައި

1 ބިރިޔާނީ މާ (ސްޓާރ އެނައިސް)

ފޮނިތޮށި ގަނޑެއް

1 މޭޒުމަތީ ސަމުސާ ދިރި

5 ކާފޫރުތޮޅި

1 މޭޒުމަތީ ސަމުސާ އިނގުރު ޕޭސްޓް

5 ފެހި މިރުސް

ރަހަލާ ވަރަށް ލޮނު

½ ކިލޯ ހަނޑޫ، ފެނު އަޅާފައި

ރީނދޫ ކުލަކޮޅެއް

ކޮތަނބިރި ފަތް، ފެހި މިރުސް (ގާނިޝް ކުރުމަށް)

ތައްޔާރުކުރާނެ ގޮތް:

ކުކުޅު ސުރުވާ ތައްޔާރުކުރުމަށްޓަކައި ސުރުވާ ތައްޔާރުކުރުމަށް ބޭނުންވާ ބާވަތްތައް ތެއްޔަކަށް އެޅުމަށް ފަހު ހަތަރު ޖޯޑު ފެން އަޅައިގެން ހޫނު މިން މެދުމިނުގައި ބަހައްޓައިގެން ކައްކާށެވެ. ކެކެމުން ދާއިރު މައްޗަށް އަރާ ފިއްލެޔޮ ސަމުސަލަކުން ނަގަންވާނެއެވެ.

ކުކުޅު ރަނގަަޅަށް ރޯ ފިލައި މަޑުވުމުން ސުރުވާ ތައްޔާރުކުރެވުނީއެވެ.

އުނދުން މައްޗަށް ތެއްޔެއް އުދައި ބަޓަރު ވިރުވާށެވެ. ދެން ތުނިކޮށް ކޮށާފައި ހުރި ފިޔާ ބަޓަރުގެ ތެރެއަށް އަޅައި މީރުކުރާށެވެ.

ދެން ބިރިޔާނީ މާ، ދިރި، ފޮނިތޮށި، ކާފޫރުތޮޅި، އަދި ކުކުޅު ފިޔާގަނޑުގެ ތެރެއަށް އެއްކުރާށެވެ. އެއަށްފަހު އިނގުރާއި ލޮނުމެދު ޕޭސްޓް އަޅާށެވެ.

ފޮނިތޮށްޓާއި ކާފޫރުތޮޅީގެ ރަހަ ނިކުންނަން ފެށުމުން ފެހި މިރުހާއި، ކުކުޅޫ ސުރުވާ ފިޔާގަނޑުގެ ތެރެއަށް އަޅައިގެން ކައްކާށެވެ.

ދެން ސުރުވާގެ ތެރެއަށް ހަނޑޫ އަޅައިގެން ކައްކާށެވެ. ތެލީގައި ހުރި ސުރުވާ އާތްވަށްވެ، ތެލިގެ 3/4ބަޔަށް ވުމުން ކުޑަ ރީނދޫކުލަކޮޅެއް އަޅާށެވެ. އަދި ކޮތަނބިރި ފަތްކޮޅެއް އެޅުމަށްފަު މަތި ޖަހައިގެން ދިިހައެއް ނުވަތަ ފަނަރަ މިނެޓު ކައްކާށެވެ.

ޗިކެން ޕުލާއޯ ތައްޔާރުކުރަން ހޭދަވާނީ ބައިގަޑި އިރެވެ. މި ރެސިޕީ އިން 6 މީހަކަށް ކެވޭނެއެވެ.

ރެސިޕީ: ފުޑް ޓްރިބިއުން 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.