ތޮއްޑޫގައި ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބޮލަށް އަނިޔާވެއްޖެ

އއ. ތޮއްޑޫގައި މިއަދު ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަޚަމްކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މާރާމާރީގައި ޒަޚަމްވެފައިވަނީ ޢުމުރުން 26 އަހަރުގެ ފިރިހެނެވެ.

މި ޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުއެވެ. އެކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 7:30 އެހައިކަންހާއިރު އެވެ. އެހެންނަމަވެސް ކަނޑުގަދަވުމުގެ ސަބަބުން ފުލުހުންނަށް އެރަށަށް ދެވިފައިވަނީ 11:00 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާރާމާރީގައި އެމީހާގެ ބޯ ވަނީ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާވެފައެވެ. ތޮއްޑޫ ސިއްޙީމަރުކަޒުގައި އޭނާއަށް ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް މިހާރު އޭނާ ވަނީ މާލެ ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ. މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ބަންދެއް ނުކުރެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.