އެމްޑީއެންގެ މީހުންނާމެދު ނަފުރަތު އުފެދޭ ވާހަކަ ފަތުރާ މައްސަލައެއް ބަލަން ފަށައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) މީހުން ހިމެނޭ ގޮތަށް ވަކިބައެއްގެ ފޯޓޯ މީޑިއާގައި ހާމަކޮށް އޭގައި އެމީހުންގެ މަޢުލޫމާތު ހިމަނައިފައިވާ މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ އެއްމައްސަލާގައި ބުނެފައިވަނީ އެމީހުންނަކީ އިސްލާމްދީން ނައްތާލުމުގައި މުގުލުގައި ތިބި މީހުން ކަމަށްބުނެ އެހެން މީހުންގެ ހިތްތަކުގައި އެމީހުންނާ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެމައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށެވެ.

އެފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވިޔަސް ރާއްޖޭގައި ޑިމޮކްރަސީއައި އިންސާނީ ޙައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރަމުންދާ އެ ޖަމާޢަތުން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއި ޤުރުއާނަށް ހަޖޫޖަހައިފައިވާ މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ތަރުޖަމާނު އިޒުމިއާ ޒާހިރު ވިދާޅުވިއެވެ. އެ މައްސަލަ ހުށަހެޅިފައި ނެތަސް އެކަން ވެސް ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.