އަހިންސާ ދުވަހާ ގުޅިގެން ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތް ބުރާސްފަތި ދުވަހުގެރޭ ފަށާނެ

ބައިނަލްއަޤްވާމީ އަހިންސާ ދުވަސް ނުވަތަ ނޮން-ވައިލަންސްޑޭ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް ބުރާސްފަތި ދުވަހުގެރޭ ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިމުބާރާތަކީ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، މުޢައްޞަސާތަކާއި، ފެކަލްޓީތަކާއި، މަރުކަޒުތަކާއި، މަތީސާނަވީ އިސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ބާއްވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔުނިއަން ގުޅިގެންނެވެ. މުބާރާތުގައި ޤައުމީ ޔުނިވަރސިޓީގެ 5 ފެކަލްޓީއަކުން ވަނީ ބައިވެރިވެފައެވެ.

މުބާރާތް ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެރޭ 8:00 އިން 11:00 އަށެވެ. އަދި ހުކުރު ދުވަހުގެރޭ ވެސް މުބާރާތް ކުރިއަށްދާނީ 8:00 އިން 11:00 އަށެވެ. މުބާރާތް އޮންނާނީ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ.

މުބާރާތުގައި ބައިވެރިން ވާހަކަދައްކާނީ ދުވަހާ ގުޅޭގޮތުން އެކުލަވާލާފައިވާ މައުޟޫތަކަށެވެ. މިއީ ވަނަހޮވާ ގޮތަށް ކުރިއަށްގެންދާ މުބާރާތެކެވެ.

އަހިންސާ ދުވަހަކީ ދުނިޔޭގައި އޯގާވެރިކަމާއެކު މީސްތަކުން ޤަބޫލުކުރާ ހަމަތަކާ އުޞޫލުތަކުގެ ތެރެއިން އެންމެނަށް ޞުލުހަވެރި ކަމާއެކު ދިރިއުޅުމަށް ގޮވާލާ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

ޚަބަރު: ހޯމްމިނިސްޓްރީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.