މަހަށް ގޮސްހުއްޓާ ޙާލުދެރަވި މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިިފި

ބ. ބޮޑުކަޅީގެ އިރުން 8 ނޯޓިކަލް ބޭރުންގައި މަސްވެރިކަން ކުރަން އޮތް "ވިލާވާލި 13" ނަމަކަށް ކިޔާ ދޯންޏެއްގައިހުރި މީހެއްގެ ހާލުދެރަވެ އަވަސް ފަރުވާއަށް އެދޯނިން އެދެމުން އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

ޢުމުރުން 54 އަހަރުގެ އެމީހާ އެދޯނިން ނަގައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާއިންނެވެ. މިޙާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:09 ގައެވެ. އެމީހާ ހުޅުމާލެ ގެނެސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 9:10 ގައެވެ.

އެމީހާއަށް ދިމާވި މައްސަލައަކީ ކޮބައި ކަމާއި އޭނާގެ މިހާރުގެ ޙާލަތު އަދި ސާފެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.