ރާއްޖޭގެ ތަރައްޤީއާ ބެހޭ ގޮތުން ސަޢުދީގެ ޚާރިޖީ ވާޒީރާއި ރައީސް މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ ޢުމްރާނީ، އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވިޔަފާރިޔާ ބެހޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސަޢުދީ ޢަރަބިޔާގެ ޚާރިޖީ ވަޒީރު ޑރ. ޑޮކްޓަރ އިބްރާހީމް ބިން ޢަބްދުލްޢަޒީޒް އާލް-އައްސާފާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ރިޔާދާއި ޖިއްދާއާއި މާލެއާއި ދެމެދު ޤާއިމްކޮށްފައިވާ ސީދާ ވައިގެ ގުޅުންތަކާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެއީ ދެ ޤައުމާއި ޚާއްޞަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމާއި، ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާއި ބެހޭގޮތުންވެސް ރައީސާއި ސަޢުދީގެ ޚާރިޖީ ވަޒީރު ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ސަޢުދީއާއި ރާއްޖެއާ ދެމެދު މިހާރު ވެސް އޮތް އެކުވަރި ކަމުގެ ގުޅުން ކުރިއަށްއޮތްތާގައި އެކިދާއިރާ ތަކުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވިދާޅުވި ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ. ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ  ދެޤައުމުން ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.