މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ހިލޭ ސަރުކާރުން ޕްރީ ސްކޫލް ތައުލީމް ދެއްވުމަށް ނިންމަވައި މިރޭ ސަރުކާރުން އެކަން އިފްތިތާޙް ކުރައްވައިފިއެވެ.
ސަރުކާރުގެ މި ނިންމެވުމާއިއެކު ރާއްޖެ ވެފައި މިވަނީ ދުނިޔޭގެ ތަޢުލީމުގެ އެޖެންޑާގައި ކަނޑައެޅިފައިވާ ހިލޭ ޕްރީސްކޫލު ތަޢުލީމުމިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި މިކަން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމެވެ.
މިއީ މި ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ތަޢުލީމީ ދާއިރާއިން ޙާސިލްކުރަން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރެއިން އެންމެ ކުއްޖަކުވެސް ބާކީނުކޮށް، ތަހުޒީބު މުޖުތަމަޢަކަށް ބޭނުންވާ، ތަރުބަވީ ތަޢުލީމާއި ތަމްރީނަށް އަމާޒުކޮށްގެން ކުރެއްވިކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު މިރޭ ވިދާޅުވިއެވެ. ރާއްޖޭގެ ތަޢުލީމީނިޒާމު އާ މިސްރާބަކަށް އަމާޒުކޮށް ފެންވަރު ރަނގަޅު، ޒަމާނާއި މުޖުތަމައަށްފެތޭ، ތަޢުލީމާއި، ހުނަރާއި، ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ހިލޭ ޕްރީސްކޫލު ތަޢުލީމު ދޭންފެށުމާއެކު ކޮންމެ ކުއްޖަކަށްވެސް އުމުރުން 4 އަހަރުން ފެށިގެން، އެ ކުދިންގެ އުމުރުން 18 އަހަރު ފުރެންދެން، ޖުމުލަ 14 އަހަރުގެ ތަޢުލީމު ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށް މިހާރުވަނީ ހަމަޖެހިފައެވެ.
"އަޅުގަނޑުމެން މި ކުޑަކުޑަ ދިވެހިރާއްޖެއިން ﷲ އިރާދަފުޅާއެކު މިވަނީ ކުރިޔަށްއޮތް 15 އަހަރުގެ ޕްލޭން ފެށުމުގެ ކުރިން، 1 އަހަރެއް ނޫން 2 އަހަރުގެ ޕްރީސްކޫލްގެ ފުރުޞަތު ތުއްތުކުދިންނަށް ކަށަވަރުކޮށްދީފައި. އެހެންކަމުން ރާއްޖެ މިވަނީ ދުނިޔޭގެ ތަޢުލީމުގެ އެޖެންޑާގައި ކަނޑައެޅިފައިވާ ހިލޭ ޕްރީސްކޫލު ތަޢުލީމު ކަށަވަރު ކުރި، މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށް. މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ކުރިއެރުން. ގެންނަން ބޭނުންވާ ތަރައްޤީ." މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ މިގޮތަށް ނިންމެވުމާއި އެކު އައްޑޫ ސިޓީ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޕްރީސްކޫލްތަކުގެ އެލްކޭޖީ ޔޫކޭޖީ ދަރިވަރުންނާއި، މާލޭގެ އަވަށު މަދަރުސާތަކާއި، ސަރުކާރުން ކަނޑައަޅާ ވަކި ޕްރީ ސްކޫލްތަކެއްގައި އުމުރުން 4 އަހަރާއި 5 އަހަރުގެ ދަރިވަރުންނަށް ހިލޭ ޕްރީސްކޫލް ތަޢުލީމު ދޭނެއެވެ.