ބޭރުމީހުންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ބްރެޒިލް އޮތަސް، އެ ލިސްޓުގެ ފަސް ވަނައިގައި އިންޑިއާ އޮތުމަކީ އިންޑިއާއަށް ދަތުރުކުރާ ދިވެހީން ސަމާލުކަން ދޭންޖެހޭ ކަމެކެވެ.
ދިވެހިން އެންމެ ގިނައިން ރާއްޖެއިން ބޭރަށް ދަނީ އިންޑިއަށާއި ސްރީ ލަންކާއަށެވެ. ދިވެހިން އެންމެ ގިނައިން ބޭސްފަރުވާ ކުރަން އަރަނީ އިންޑިއާއަށެވެ.
އިންޓަރ ނޭޝަންއިން ކުރި ދިރާސާއަކަށް ބަލާއިރު، ގައުމުތަކަށް ދަތުރުކުރާ ބޭރު މީހުންނަށް އެންމެ ނުރައްކާތެރި ފަސް ގައުމަކީ ބްރެޒިލް، ދެކުނު އެފްރިކާ، ނައިޖީރިއާ، އާޖެންޓީނާ، އިންޑިއާއެވެ. އެހެން ވިސްނުމަކުން ބަލާނަމަ، ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކުގެ ތެރެއިން، ބޭރުމީހުންނަށް އެންމެ ނުރައްކާތެރި ގައުމަކީ އިންޑިއާއެވެ. ޚާއްޞަކޮށް އިންޑިއާއަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ އަންހެނުންނަށް ކުރިމަތިވާ ނުރައްކާތައް އިންތިހާއަށް ބޮޑެވެ. މިއީ އިންޑިއާއަށް ދަތުރުކުރާ ދިވެހީން ސަމާލުވާންޖެހޭ ކަމެކެވެ.
އިންޓަރ ނޭޝަންއިން ކުރި ދިރާސާގައި 182 ގައުމެއްގެ 20 ހާހަށްވުރެ ގިނަ މީހުންގެ ޚިޔާލުހޯދާފައިވެއެވެ.
ދިރާސާކުރި ފަރާތުން ހާމަކުރިގޮތުގައި އިންޑިއާއަށް ދިޔަ ފަތުރުވެރިންނާ ގަދަކަމަށް ޖިންސީ ގުޅުން ހިންގުމުގެ އެތައް ހާދިސާއެއް އިންޑިއާގެ އެކި ހިސާބުތަކުގައި މިދިޔަ އަހަރު ހިންގާފައިވެއެވެ. އެފަދަ ނުރައްކާތެރި އަނިޔާވެރި ކުށް ކުރާ މީހުން ބަލައި ހޯދައި އެމީހުންނަށް ހައްގު އަދަބު ދިނުމުގެ ކަންތައް މާޒީއަށް ބަލާއިރު ހިންގާފައި ވަނީ ވެސް ވަރަށް ދޯދިޔާ ގޮތަކަށެވެ.
އިންޑިއާއަކީ ކުށެއް ނެތް މީސް މީހުންނަށް އަނިޔާ ކުރުމާއި އަންހެނުން ރޭޕްކޮށް މަރާލުމުގެ ރޮނގުން ވަރަށް ބޮޑަށް ބަދުނާމު ވެފައިވާ ގައުމެކެވެ.
ދިރާސާގެ ސުއާލުތަކަށް ޖަވާބުދިން ގިނަ މީހުންގެ ބުނެފައި ވަނީ އިންޑިއާއަކީ އަމާން، ސުލްހަވެރި ތަނެއްކަމަށް އެމީހުންނަށް އިހުސާސް ނުކުރެވޭކަމަށެވެ.
ދިރާސާއިން ދައްކާ ގޮތުގައި އިންޑިއާއަށް ގޮސްއުޅޭ ބޭރު މީހުންނަށް ސިޔާސީ އަދި އިޖުތިމާޢީ ގޮތުން ވެސް ބޮޑެތި ނުރައްކާތައް ކުރިމަތިވެއެވެ. ހައްދުފަހަނައަޅާފައިވާ ހިންދޫންނާއި ވެރިކަމުގެ ބާރުތަކުން ވެސް ބޭރުމީހުންނަށް ކޮންމެފަދަ ވަގުތެއްގައި ވެސް ނުރައްކާ ކުރިމަތިވެދާނެ ކަމުގެ ބިރުއޮންނަނީ ހީވެފައެވެ.
ބްރެޒިލްއަކީ އާއްމުކޮށް ދިވެހިން ދަތުރުކުރާ ގައުމެއް ނޫނެވެ. ނަމަވެސް ދިވެހީންގެ އާދަކާދަ ހުރި ގޮތުން އިންޑިއާއާ ނުލައި އުޅެން ފަސޭހައެއް ނޫނެވެ. ކަންއެހެން އޮތުމުން، އިންޑިއާއަށް ދަތުރުކުރާ ދިވެހިން، ކޮންމެފަދަ ލަނޑެއް، ކޮންމެފަދަ ވަގުތެއްގައި ވެސް ލިބިދާނެކަމަށް ބަލައިގެން އުޅުމަކީ ބުއްދިވެރިކަމެކެވެ.
Insaanunnah nurakkalas gerithakah thivaruge amaan thaneh nufennaane midhuniye ekah aiyfunaa elhiyas