ހުޅުމާލޭ ފަތާ ޓްރެކާ ދިމާގައި ޕަބްލިކް ފާޚާނާ ބަރިއެއް ޤާއިމްކޮށްފިއެވެ.
ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނާ ގޮތުން މިހާރު ވަނީ އެފާޚާނާބަރީގެ ޚިދުމަތް އާއްމުންނަށް ހުޅުވާލައިފައެވެ. މި ފާޚާނާބަރީގައި އަންހެނުންނާއި ފިރިހެނުންގެ ފާޚާނާ ވަނީ ވަކިންނެވެ. މީގެ އިތުރުން ޚާޢްޞަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ޚާއްޞަކޮށްފައިވާ ފާޚާނާ އެއް ހުރެއެވެ. މި ފާޚާނާބާރީގެ ބޭރުގައި ފެންވެރޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.
ހުޅުމާލޭގައި ފާޚާނާ ބަރިއެއް ހަދާ ޚިދުމަތް ފަށައިފައިވަނީ މިވަނީ މޫދަށް އެރޭ ސަރަޙައްދު ގޮނޑުދޮށުގައި ޖަހައިފައިވާ ކުޑަތަކާއި ގޮނޑި މޭޒުތައް ނަގާ އާއްމުންނަށް ހުޅުވާލެއްވުމަށްފަހުއެވެ.
Public toilets developed near #Hulhumalé swimming track area are now open for public use. These toilets provide seperate toilets for both male & female, including disability toilets. The public toilets are developed with outdoor shower facilities as well. pic.twitter.com/T72ht0E6aO
— HDC (@hdcmaldives) September 14, 2019