
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތިބްރޯޒް މުޙައްމަދު ޖިނާޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މުޙައްމަދު ޖިނާޙަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މުޙައްމަދު ޖިނާޙް މީގެ ކުރީން ހުންނެވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރުކަމުގެ މަޤާމުގައެވެ.
(ޚަބަރާއި ފޮޓޯ: ރައީސް އޮފީސް)