ޑީޖީޖީ X ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގަށް ރެޖިސްޓަރކުރުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވަނީ

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު، 22 ޖުލައި 2026 ގެ ނިޔަލަށް ހަމަވާނެއެވެ.

އެހެންކަމުން، މި ފޯރިގަދަ އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ގޭމް ކުޅުންތެރިންނަށް މިއަދުގެ ނިޔަލަށް ލިބިގެންދާނެއެވެ.

ޑީޖީޖީ އާއި ޒީރޯ ޕޮއިންޓް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދާނީ މި ޖުލައި މަހުގެ 24 އާއި 25 ގައި ހުޅުމާލޭގައި ހުންނަ ޒީރޯ ޕޮއިންޓް ގޭމިންގ ކެފޭގައެވެ. މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅައިފައެވެ. މި މުބާރާތުގެ ޕްރިމިއަމް ޕަރޓްނަރަކީ މިނީސޯ، އަދި އެލީޓް ޕަރޓްނަރަކީ ވިލާ މާޓެވެ.

އެއްވެސް ފީއަކާ ނުލައި، ކޮންމެ ސްކިލް ލެވެލްއެއްގެ ގޭމް ކުޅުންތެރިންނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވައިލައިފައިވާ މި މުބާރާތުގައި dgg.mv މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެއެވެ: https://bit.ly/dgg-zp-clash-rl

ރޮކެޓް ލީގުގެ އިތުރުން، މި އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލޭ ކުޅެވޭނެ ތަފާތު އިތުރު ގޭމުތައް ވެސް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ރޭސިންގ ސިމިއުލޭޝަން، ވީއާރް ގޭމްސް، އެފްސީ 26 އަދި ޓެކެން ފަދަ ގޭމުތައް ހިމެނެއެވެ. މިއީ ގޭމް ކުޅުންތެރިންނާއި، ކުޅުންތެރިންގެ އާއިލާއާއި ރައްޓެހިންގެ އިތުރުން މުބާރާތް ބަލަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ފޯރިގަދަ އަދި މަޖާ އިވެންޓަކަށް ވެގެންދާނެއެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.